އިރާނާ ވާހަކަދައްކަން އެމެރިކާ ދެކޮޅު ހަދައިފި

އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭގޮތުން އެމެރިއާއިން އެޤައުމާއެކު ބާއްވަން ހަމަޖެހިފައިވާ މަޝްވަރާތައް ކުއްލިގޮތަކުން ކުއްލިގޮތަކަށް އެމެރިކާ ވަކިވެއްޖެއެވެ.

އޮފިޝަލުންނާ ޙަވާލާދީ ނިއުޔޯކް ޓައިމްސްގައި ބުނެފައިވާގޮތުގައި މިއީ ދެޤައުމުގެ ދެމެދުގައި ވަކި ކަންތައްތަކެއްގެ މައްޗަށް ސިއްރިއްޔާތުގައި ބޭއްވުމަށް ކަނޑައެޅުނު ވާހަކަތަކެކެވެ. މިވާހަކަތަކުން އެމެރިކާ ކުއްލިގޮތަކަށް މިވަކިވީ، މިހާރު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިދިކޮޅު ރިޕަބްލިކަން ކެންޑިޑޭޓް ރޮމްނީއާ ރައީސް އޮބާމާގެ އެންމެފަހު ބަޙުސަށް އެންމެ ދެދުވަހަށް ވެފައިވަނިކޮށެވެ. މި ބަޙުސްގައި މައިގަނޑު މަޢުޟޫއަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތެވެ.

ނިއުޔޯކް ޓައިމްސްގައި މި ޚަބަރު ޢާއްމުކުރިނަމަވެސް އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާމުވަނީ މިކަން ދޮގުކޮށްފައެވެ.

“އެއީ ހަޤީގަތެއްނޫން. އެމެރިކާއާއި އިރާނާ ދެޤައުމުގެ ދެމެދުގައި އެއްބަސްވެފައި ނުވާނެ ވާހަކަތަކެއް ކުރިއަށްގެންދާކަށެއް. އެއްވެސް ވާހަކައެއް، އިންތިޚާބަށްފަހުގަވެސް.” އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޓޮމްމީ ނެރުނު ބަޔާނެއްގައި ވެއެވެ.

ފަހުގެ