ގޯލްޑަން ފުޓް އެވޯޑް އިބްރަހިމޮވިޗްއަށް

މި އަހަރުގެ ގޯލްޑަން ފުޓް އެވޯޑް ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންދާ ސްވިޑަންގެ ޒްލަޓާން އިބްރަހިމޮވިޗްއަށް ލިބިއްޖެއެވެ.

މޮނާކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިބްރަހިމޮވިޗްއާއި މި އެވޯޑް ހަވާލުކޮށްދީފައިވަނީ ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ޕެލޭއެވެ. ކާމިޔާބު ކެރިއަރެއް ހޭދަކޮށްފައިވާ ކުޅުންތެރިންނަށް ދޭ މި އެވޯޑަށް މީހުން ހޮވަނީ އޮންލައިންކޮށް އާންމުންގެ މެދުގައި ވޯޓެއް ނެގުމަށްފަހުގައެވެ. އިބްރަހިމޮވިޗްއާއި ދިހަ ކުޅުންތެރިން ވާދަކޮށްފައިވާއިރު މި ވޯޓް އިންތިޒާމް ކުރާ ފަރާތްތަކުންވަނީ ހަތަރު މަސް ދުވަހުގެ މުއްދަތަކަށް މި ވޯޓް ކުރިއަށް ގެންގޮސްފައެވެ.

އުމުރުން އެއްތިރީސް އަހަރުގެ އިބްރަހިމޮވިޗްވަނީ އަޔަކްސްއާއި ޔުވެންޓަސްއާއި އިންޓަރ މިލާނާއި ބާސެލޯނާގެ އިތުރުން އޭސީ މިލާނުގައި ހޭދަކުރި ދުވަސްތަކުގައި އެޤައުމުތަކުގެ ލީގު ޗެމްޕިއަންކަން އެކްލަބްތަކަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މިހަފްތާގައި ޖަރުމަނާއި ދެކޮޅަށް ސްވިޑަން ކުޅުނު މެޗްގައިވެސް އޭނާވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.

މިރަސްމިއްޔާތުގައިވަނީ ފްރާންކޯ ބަރޭސިއާއި ފްރާންސްގެ އެރިކް ކެންޓޮނާއާއި ޖަރުމަނުގެ ލޮތާ މަތެއަސް ފުޓްބޯޅައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންވަނީ ޚާއްސަ އެވޯޑެއް ދީފައެވެ

ފަހުގެ