ވޯލްޑް ޓްރެވަލްސް އެވޯޑުގެ އިންޑިއަން އޯޝަން ލީޑިން އެއާޕޯޓްގެ އެވޯޑު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް

ވޯލްޑް ޓްރެވަލްސް އެވޯޑުގެ އިންޑިއަން އޯޝަން ލީޑިން އެއާޕޯޓްގެ އެވޯޑު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެ އެވެ.

ސިންގަޕޫރުގެ އިންޓަކޮންޓިނެންޓަލް ހޮޓެލްގައި ވޭއްވި ނަވާރަވަނަ ވޯލްޑް ޓްރެވަލް އެވޯޑުގެ ހަތަރު އެވޯޑު ފިޔަވައި ދެންހުރި ހުރިހާ އެވޯޑެއް ލިބިފައިވަނީ ދިވެހިރާއްޖެ އަށެވެ.

މިގޮތުން، އިންޑިއަން އޯޝަން ކެޓަރީގައި އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އެވޯޑާއި އިންޑިއަން އޯޝަން ލީޑިން ކްރޫސް ޑެސްޓިނޭޝަން އެވޯޑު އަދި އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑު ވެސް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެމްއެމްޕީއާރުސީއަށް ވަނީ ފުރަތަމަ ފަހަރަށް އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑު ލިބިފަ އެވެ.

އިންޑިއަން އޯޝަން ލީޑިން ޓްރެވަލް އެޖެންސީގެ އެވޯޑު ލިބިފައި ވަނީ ރާއްޖޭގެ އެޓޯލް ޕެރަޑައިސްއަށެވެ. އިންޑިއަން އޯޝަން ލީޑިން ވިލާގެ އެވޯޑު ބަރޮސް މޯލްޑިވްސްއަށް ލިބުނުއިރު އިންޑިއަން އޯޝަން ކެޓަގަރީގައި އިންޑިއަން އޯޝަން ލީޑިން ބުޓީކް ހޮޓެލްގެ އެވޯޑު އައިލެންޑް ހައިޑަވޭ، ދޮނަކުޅި ސްޕާ ރިސޯޓް އެންޑް މެރީނާ އަށް ވަނީ ލިބިފަ އެވެ. އަދި އިންޑިއަން އޯޝަން ލީޑިން ފެމެލީ ރިސޯޓްގެ އެވޯޑު ލިބިފައި ވަނީ ލިލީ ބީޗް ރިސޯޓަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިއަން އޯޝަން ލީޑިން ގްރީން ރިސޯޓް އެވޯޑު ލިބިފައި ވަނީ ސަން އައިލެންޑް ރިސޯޓަށެވެ. މީގެ އިތުރުން އިންޑިއަން އޯޝަން ލީޑިން ހޮޓެލްގެ އެވޯޑު ލިބިފައި ވަނީ ލަކްސް މޯލްޑިވްސްއަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގައި ރާއްޖޭގެ ލީޑިން ލައިފް ސްޓައިލް ރިސޯޓް އެވޯޑު ތުނޑުފުށި ބީޗް އެންޑް ވޯޓާ ވިލާސްއަށް ލިބުނުއިރު ރާއްޖޭގެ ލީޑިން ލަގްޒަރީ ރިސޯޓް އެވޯޑު ލިބިފައި ވަނީ ގިލި ލަންކަންފުއްޓަށެވެ. އަދި ރާއްޖޭގެ ލީޑިން ލަގްޒަރީ ޓުއާ އޮޕަރޭޓާގެ އެވޯޑު އެޓޯލް ޕެރަޑައިސްއަށް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން މޯލްޑިވްސް ލީޑިން ރިސޯޓް އެވޯޑު ކޮންރެޑް މޯލްޑިވްސް ރަންގަލި ހޯދިއިރު މޯލްޑިވްސް ލީޑިން ސްޕާ ރިސޯޓް އެވޯޑު ލިބިފައި ވަނީ އަނަންތަރާ ނަލަދޫ ރިސޯޓް އެންޑް ސްޕާ އަށެވެ. އަދި މޯލްޑިވްސް ލީޑިން ވިލާގެ އެވޯޑު އަދާރަން ޕްރެސްޓީޖް ވޯޓާ ވިލާސްއަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ލީޑިން ވޯޓާ ވިލާސް އެވޯޑު ލިބިފައި ވަނީ ބަރޮސް މޯލްޑިވްސް އަށެވެ.

ފަހުގެ