ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއިން ރައްޔިތުންގެ ހަރަދުގައި ކޮށްފައިވާ ބޮޑެތި ވިޔަފާރި ބިލުތަކެއް ރޮޒެއިނާ ލީކުކޮށްލައްވައިފި

ކުރީގެ ރައީސް ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާއިން ރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރުތަކުގައި ކޮށްފައިވާ ވިޔަފާރީގެ ބިލުތަކެއް ރޮޒެއިނާ ލީކުކޮށްލައްވައިފި އެވެ.

ޓިވިޓަރ މެދުވެރިކޮށް ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވަނީ ތަފާތު 10 ބިލެއް ލީކު ކޮށްލައްވާފަ އެވެ.

މިގޮތުން، 2007 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރު ފުޅެއްގައި، ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އަށް ހެދުން ފެހުމަށާއި، ރައީސް މައުމޫނުގެ ފަޓުލޫނު ފެހުމަށް ފޮތި ގަނެފައިވާ ހަތަރު ބިލިގެ ޖުމްލައަށް 4284 (ހަރުހާސް ދުއިސައްތަ އަށްޑިހަ ހަތަރެއް) ޑޮލަރު ނުވަތަ 66059 (ފަސްދޮޅަސް ހަހާސް ފަންސާސް ނުވަ) ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

މީގެ ރިތުރުން 2008 ވަނަ އަހަރު، ގައްސާނު މައުމޫނުގެ އައިނު ހެދުމަށް 2254 (ދެހާސް ދުއިސައްތަ ހަރެއް) ޑޮލަރު ނުވަތަ 34756 (ތިރީސް ހަތަރުހާސް ހަތްސަތޭކަ ފަންސާސްހަތެއް) ރުފިޔާ ހަރުދު ކޮށްފައިވާ ބިލަކާއި، ގައްސާނު މައުމޫނުގެ އަނބިކަނބަލުންގެ އައިނު ހެދުމަށް 1390 (އެއްސާސް ތިންސަތޭކަ ނުވަދިހަ) ޑޮލަރު ނުވަތަ 29760 (ނަވާވިސް ހާސް ހަތްސަތޭކަ ފަސްދޮޅަސް) ރުފިޔާ ހަރަދު ކޮށްފައިވާ ބިލަކާއި، 2007 ވަނަ އަހަރު ނަސްރީނާ އާއި އޭނާގެ ރަހުމަތްތެރިން ލަންޑަނަށް ކުރައްވާފައިވާ ދަތުރުފުޅެއްގައި 30698 (ތިރީސް ހާސް ހަސަތޭކަ ނުވަދިހައަށެއް) ޑޮލަރު ނުވަތަ 473363 (ހަތަރުލައްކަ ހަތްދިހަތިންހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް) ރުފިޔާ ހަރަދުކޮށްފައިވާ ބިލަކާއި، ދުންޔާ މައުމޫނުގެ ފިރިކަލުންނާއި، ދަރިފުޅު ސިންގަޕޫރަށް ކުރައްވާފައިވާ ދަތުރުފުޅެއްގައި 55357 (ފަންސާސް ފަސްހާސް ތިންސަތޭކަ ފަންސާސް ހަތެއް) ރުފިޔާ ހަރަދު ކޮށްފައިވާ ބިލަކާއި، ދުންޔާ މައުމޫނުގެ އާއިލާއިން ސިންގަޕޫރަށް ކޮށްފައިވާ ދަތުރު ފުޅެއްގައި 60902 (ފަސްދޮޅަސް ހާސް ނުވަސަތޭކަ ދޭއް) ރުފިޔާ ހަރަދު ކޮށްފައިވާ ބިލަކާއި، ގޯލްޑެން ހާޓުން 824 (އަށްސަތޭކަ ސައުވިސް) ޑޮލަރު ނުވަތަ 12752 (ބާރަހާސް ހަތްސަތޭކަ ފަންސާސް ދޭއް) ރުފިޔާ ހަރަދު ކޮށްފައިވާ ބިލެއް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ތިހުން ނަނީކީ މާބޮޑެތި ކަންތަކެއް ނޫނެންނު… ތީ ދެން އާދައިގެ މަތިން ކުޑަ ކުޑަ ހަރަދެއްނު، އަސްލު ޙަރަދު ފެނިއްޖެޔާ މީހުން ހޭކެނޑޭނެޔެއްނު…..

  2. ali ahmed

    ރޮޒޭނާ ތިޔަ ދެންބޮޑުވަރު މިސޮރުހީކުރީ ތިޔައީ ރޯފިލާ ފައިހުރި އިންސާނެއްކަމަށް ޤާނޫނުހަދާ މަޖިލުހުގައި ތިޔަ ހުންނަނީ، ބަލަގަ ނޫ ޤާނޫނު އަސާސީން އޭރުގެ ރައީސުލް ޖުމުހުރިއްޔާގެ އާއިލާގެ ޙަރަދު ތައްބަލަހައްޓަންޖެހޭނީ ދައުލަތުންނޭ ދެން އެބޭފުޅުން ހަރަދުކޮށްފައި ބިލްއެހުރީ ބަހައްޓާފައި ދެން ، ތިޔަކަމަނާ ގަސްއާނު އާއި ކައިވެނި ބެއްލެވިނަމަ ތިޔަކަމަނާއަށް ވެސް ލިބުނިސް ކަންފަތުގައި ލާ މުދިވެސް ………….ދެން ލަލަލާ

  3. މި ބިލްތަކުން އެއްވެސް އެއްޗެއް ސާބިތުކުރާކަން ނޫޅެން. ހަމައެކަނި ނޭގިއޮތްކަމަށް ބުނެވިދާނެ އެއްޗެއް އޮޅުންފިލުވާދިނީ. އަދި ގާނޫނުގައި ލިޔެފައޮތަސް އަދި ނެތަސް މައުމޫނުގެ އާއިލާއަށް ޚަރަދުކުރެވިފައިވާ މިންވަރުގެ ފުކެއް މީގެން ދޭހަވަނީ.

  4. ބިލްތައް ހުރުމަކީ ތީ ރަގަނޅަށް ކޮށްފައި ހުރި ޚަރަދެކޭ، މިހާރު 55މިލިޔަން މިއުޅެނީ ކަރުދާހުންވެސް ނުފެނިގެން

  5. ތިއީ ހިޔާނާތެއްނޫން. ތިއީ އޭރު ގާނޫނު ހުއްދަކުރާކަމެއް. ހަސަން އަފީފާއި، މޮޑީއާއި، މުހައްމަދު ޝިހާބާއި، މަވޯޓާ ޝަރީފާ، މާރިޔާ އަހުމަދު ދީދީއާއި، މިމީހުން ވޯޓު ދީގެން ފާސްކުރި ނޫ ޤާނޫނު އަސާސީއާއި އެއާއެކު ފާސްކުރި ގާނޫނުތަކުގައި ބުނަނީ ރައީސުލް ޖުމްހޫރިއްޔާގެ އާއިލާގެ ޚަރަދުތައް ބަލަހައްޓާނީ ސީދާ ދިވެހި ދައުލަތުންކަމަށް.

  6. Dhuvaafaru Dhandahelu.

    މި ހުރިހާ ހިޔާނާތުގެ ހަގީގަތްތަށް އެނގިހުރެ ރުޒޭނާމެން މީގެ ކުރީގައި މައުމޫނާއި އެބޭފުޅާގެ އާއިލާ ދިފާއުކުރުމުގައި ހޭބޯނާރާ މަސައްކަތް ކޮށްފަވާކަން އެއީ ރުޒޭ މެންގެ އިހުލާސްތެރިކަން ނެތްކަން ހާމަވާކަމެކެވެ.
    އަބަދުވެސް ރައްޔިތުން ބުނަމުންދިޔައީ މައުމޫނު މިގައުމު ދަރުވާލާފިއޭ، އާއިލީ ވެރިކަމުން ރައްޔިތުންގެ މާލިއްޔަތު ލޫޓުމާރުކޮށްފިއޭ، އާއިލީންގެ ގެދޮތު ބުރިބުރިއަށް އަރައިގެން ގޮސް އޮއްސެނީއޭ، ޤައުމުގެ ރައްޔިތުން ހަނާވެ ފަނާވަނީއޭ، އެކަމަކުވެސް ރޮޒޭނާމެން މަހުލޫފުމެން ފަދަ މީސްމީހުނަށް ހުދުމުހުތާރު ދިގު 30 އަހަރުގެ ނާޖާއިޒް ފައިދާތަށް އޮހެމުންދާތީވެ އެދުވަހު މުޅިންވެސް އުޅުނީ މައުމޫނަކީ ހުދު ފޮތިކޮޅަކަށް ހަދައިގެންނެވެ. މިއަދު މައުމޫނު އެހެން ޕާޓީއެއް ހަދާއިގެން ދިއުމުން މައުމޫނު ރައްޔިތުންނަށްވެފަވާ ހިޔާނަތުގެ ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެވެ.

  7. އޯ މައި ގުޑްނެސް، މައު ބުރޯ ހާދަ ހަރަދު ބޮޑޭ

  8. މި ބިލްތަކުގައި އެންމެ ލޯ ލާރި އެއްގެ މިންވަރުވެސް އެބަހުރިބާ، ޔަޤީނުންވެސް މައުމޫނު، ރައްޔިތުންގެ އެންމެ ލޯލާރިއެއްގައިވެސް ނުޖެހޭ ކަން އަހަރުމެނަށް އެނގޭ.

  9. ތިބުނީ ހަމަރަގަލައް…..ތިނޫންގޮތެއްނުވާނެ….

  10. Ahmed Mohamed

    ރޮޒައިނާ ދޫނި ތިކުރާ ހިތް ވަރަށް ސާބަސް.

    • ތި ބިލްތަކުން އެއްވެސް ކަމެއް ސާބިތު ނުކުރެވޭނެ.. އަލްޤީންގެ މައްސަލައަށް ވީ ގޮތްވާނީ