ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާ އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފި

ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި 21 އަހަރުގެ ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފި އެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ވައިގެ މަގުން މާލެ ގެނެވި މިހާރު އޭނާ އަށް ދަނީ އައި.ޖީ. އެމް ހޮސްޕިޓަލުގެ އައި. ސީ. ޔޫ ގައި ފަރުވާދެމުންނެވެ. އޭނާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ކަރުތެރެއިން ހަށިގަނޑުގެ އެތެރެއަށް ލޭ ފައިބަމުންދާކަމަށް އޭނާގެ ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެ އެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމަށް އޭނާގެ ޑޮކްޓަރު ބުނެފައިވެ އެވެ.

މި މާރާ މާރީ އާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ހަތަރު މީހަކު ގެނެސްފައިވާކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

ފަހުގެ