ވޯލްޑް ކަޕް ކޮލިފައިން ގައި ޕޮލެންޑާއި އިނގިރޭސިން ކުޅުނު މެޗް އެއްވަރު

ވޯލްޑް ކަޕް ކޮލިފައިން ގައި ޕޮލެންޑާއި އިނގިރޭސިން ކުޅުނު މެޗް އެއްވަރުވެއްޖެ އެވެ.

ޕޮލެންޑްގެ ވޯސޯގައި ސާޅީސް ތިން ހާސް މީހުންގެ ކުރިމަތީގައި އެޤައުމާއި ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗް އެއްވަރުވެފައިވަނީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ. ދެޓިމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ އެއްތިރީސްވަނަ މިނިޓްގައި އިނގިރޭސިވިލާތުގެ ވޭން ރޫނީވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ދެވަނަ ހާފްގައި ޕޮލެންޑްގެ ޓީމުންވަނީ ބަދަލުތަކެއް ގެނެސް އެޓީމުގެ ކުޅުން ރަގަޅުކޮށް އިނގިރޭސިވިލާތުގެ ގޯލަށް ނުރައްކާކުރަން ފަށާފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ ހަތްދިހަ ވަނަ މިނިޓްގައި އެޓީމުގެ ގްލިކްވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަށްފަހުވެސް އެޓީމަށްވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބިފަ އެވެ.

މިމެޗް އެއްވަރުވި ނަމަވެސް ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓާއެކު އިނގިރޭސިވިލާތަށްވަނީ ގްރޫޕްގެ އެއްވަނަ މަޤާމް ލިބިފައެވެ. ޕޮލެންޑަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓާއެކު ތިންވަނަ މަޤާމެވެ.

ފަހުގެ