ރައީސް މައުމޫންގެ ވާހަކައިގެ ބަދަލުގައި ރޮޒެއިނާގެ ފިރިމީހާގެ ވާހަކަ ދެއްކުން މާރަނގަޅު: މަހުލޫފް

ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައީސް މައުމޫން ދައުލަތުގެ މާލިއްޔަތުން ކޮށްފައިވާ ހަރަދު ތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ރޮޒައިނާގެ ފިރިމީހާ ސަރުކާރަށް ދައްކަން ޖެހިފައި ހުރި ލޯނުތަށް ދެއްކުން މާރަނގަޅު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތުގެ މާލިއްޔަތުން ކޮށްފައިވާ ބޭކާރު ހަރަދުތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކާފައިވާތީ، ރޮޒައިނާއަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ ތިމާ ރުހޭ ގޮތަށް ނޫން ގޮތަކަށް ސިޔާސީ މަސްރަހު ބަދަލުވީމަ މިހާރު ރޮޒައިނާއަށް މައުމޫން ގޯސްވެފައިވާ ކަމަށެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ ކުރިން ރޮޒައިނާއަށް ރައީސް މައުމޫންވަރު ރަނގަޅު ސިޔާސީ ލީޑަރަކު ނެތް ކަމަށް ބުނަމުންދިޔަ މަންޒަރުވެސް ފެނިފައިވާ ކަމަށެވެ.

އަދި ރޮޒައިނާ ރައީސް ރައީސް މައުމޫން އަށް ހަޑި ހުތުރު އެއްޗެހި ގޮވާއިރު ރޮޒައިނާގެ ފަތިފުށް ހުރި ގޮތް ބަލަންޖެހޭ ކަމަށް މަޙްލޫފް ވިދާޅުވި އެވެ.

ފަހުގެ