ދޫނިދޫ އާއި ހުޅުމާލެއާއި ދޭތެރެއިން ދެ ލޯންޗު ޖެހި އެކްސިޑެންޓްވެއްޖެ

ދޫނިދޫ އާއި ހުޅުމާލެއާއި ދޭތެރެއިން ދެ ލޯންޗު ޖެހި އެކްސިޑެންޓްވެ 03 މީހަކަށް އަނިޔާވެއްޖެ ކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

މިރޭ 21:05 ހާއިރު ހިނގި އެކްސިޑެންޓުގައި ޖެހިފައިވަނީ ދިރާގުގެ ލޯންޗަކާއި ބޮޑު ހިތި ރިސޯޓުގެ ލޯންޗެއް ކަމަށް ފުލުހުން ބުނެ އެވެ.

 މިހާދިޘާގައި ބޮޑު ހިތި ލޯންޗުގެ ފަޅުވެރިއެއްގެ ފައި ބިންދައިގެންގޮސް ދިރާގު ލޯންޗުގެ ފަޅުވެރިއެއްގެ ބޯ ވަނީ ފަޅައިގެންގޮސްފައެވެ. މީގެއިތިރުން ދިރާގު ލޯންޗުގެ އިތުރު ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

މި ހާދިޘާގައި އަނިޔާ 03 މީހުންވެސް އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދެވި މިހާރު ދަނީ ފަރުވާދެމުންނެވެ.

ފަހުގެ