ރެޑްވޭވުން ސެންޓުފުޅިއެއް ވަގަށް ނެގި މީހެއްގެ މައްސަލަ ޕީޖީއަށްފޮނުވައިފި

ރެޑްވޭވް ޕްލާޒާ އިން ސެންޓް ފުޅިއެއް ވަގަށް ނަގާފައިވާ ކަމުގެ ތުޙުމަތުގައި މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދަޢުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ ލ. އިސްދޫ އެވަރ ލާސްޓް ޙުސައިން ޒާހިރު (20އ) ގެ މައްޗަށް ކަމަށް ފުލުހުން ބުނެ އެވެ.

ޙުސައިން ޒާހިރުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 2011 މެއި 25 ވަނަ ދުވަހުގެ 21:00 ހާއިރު ރެޑްވޭވް ޕްލާޒާ އިން ސެންޓް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެންނެވެ. މީނާގެ މިމައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވާއިރު މީނާ އަކީ ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އަރުވާލާ އަވަހަށް

  2. ހަހަހަ. ދިސް އިޒް ހިލޭރިއަސް