ސައިކަލެއް ވަގަށް ނެގައި ޒުވާނެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ސައިކަލެއް ވަގަށްނެގި ކަމުގެ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް ފުލުހުންބުނެފި އެވެ.

 ނިކަގަސް ހިނގުމުގައި ޕާކް ކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުގައި މި އޮކްޓޫބަރު މަހުގެ 08 ވަނަ ދުވަހު ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ މއ. ނޫރުޒޭރު ހުސައިން ޝިފާޢު ޖަމީލު (19އ) ގެ މައްޗަށްކަމަށް ފުލުހުން ބުނެ އެވެ.

ހުސައިން ޝިފާޢު ޖަމީލުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 2011 ޖޫން 25 ވަނަ ދުވަހު ދަންވަރު 02:55 ހާއިރު ނިކަގަސް ހިނގުމުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގެ ތަޅު ހަލާކު ކޮށްލައި ސައިކަލް ވަގަށް ނަގައި ސައިކަލް އަތުން ހިފައިގެން ދަނިކޮށް އަމީނީ މަގު ބަނޑޭރިކޮށި ކުރިމަތީ ގޯޅިގަނޑު ތެރެއިން ހުސައިން ޝިފާޢު ޖަމީލު ހުއްޓައި، އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ފެނި ހިފަހައްޓާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މީނާ އަކީ ވައްކަމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ގިނައަދަދެއްގެ ރެކޯޑް އޮންނަ މީހެއްކަމަށްވެސް ފުލުހުން ބުނެ އެވެ.

ފަހުގެ