އޮބާމާ އާއި ރޮމްނީ ދެވަނަ ބަހުސަކަށް ތައްޔާރުވަނީ

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި، އޭނާގެ އިދިކޮޅު ރިޕަބްލިކަން ކެނޑިޑޭޓު މިޓް ރޮމްނީ ދެވަނަ ރިޔާސީ ބަހުސައް ތައްޔާރުވާން ފަށައިފި އެވެ.

މިބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ހޯމަދުވަހުގައި ފްލޮރިޑާގައި އެވެ.

މިމަހުގެ ކުރީކޮޅުގައި ބޭއްވި ބަހުސްތަކެކޭ އެއްފަދައިން މި ބަހުސުގައިވެސް އެންމެ ޕްރެޝަރު ބޮޑުވާނީ އޮބާމާއަށް ކަމަށް ބެލެވެ އެވެ. ފުރަތަމަ ބަހުސުގައި ރޮމްނީ ވަނީ އޮބާމާއަށް ނުފުއްދި ހުރި ވައުދުތަކުގެ ވާހަކަ ތަކުރާރުކޮށް ދައްކަވާފަ އެވެ.

އިންތިހާބުގެ ކުރިން ހިޔާލުހޯދުމަށް ނެގި ތިންދުވަހުގެ ޕޯލުގައިވެސް ރޮމްނީ ވަނީ އޮބާމާ ބަލިކުރައްވާފަ އެވެ. އެ ޕޯލުން ރޮމްނީއަށް 46 ޕަސަންޓު ލިބިވަޑައިގެންއިރު އޮބާމާއަށް ލިބިވަޑައިގެންފައިވަނީ 43 ޕަސަންޓެވެ.

 

ފަހުގެ