ރައީސް ނަޝީދު މިރޭ އަބޫދާބީއަށް ފުރައިވަޑައިގަންނަވާނެ: އެމްޑީޕީ

އަންނަ އަހަރު ދޭ ޒައިދު ފިއުޗާ އެނަޖީ އިނާމު ލިބޭ ފަރާތްތައް ހޮވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ އަބޫދާބީ އަށް ފުރާވަޑައިގަންނަވާނޭކަމަށް އެމްޑީޕީން ބުނެފި އެވެ.

ނަމަވެސް ރައީސް ނަޝީދު ފުރައިވަޑައިގަންނަވަނީ ކޮންވަގުތެއްގައިކަމެއް އެޕާޓީން ބުނެފައެއް ނުވެ އެވެ. އެމްޑީޕީން ބުނެފައިވަނީ އިޔާދަކުރަވަނި މިއީ ހަކަތައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތް ދޭ ޚާއްސަ އެވޯޑްގެ ފަނޑިޔާރުންގެ ޕެނަލްގައި އެމަނިކުފާނު ހިމެނިވަޑައިގެންނެވި ދެވަނަ ފަހަރުކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހުޅުމާލޭ ކޯޓުން ފަސް ދުވަހަށް ދޫކޮށްފައިވަނީ މިދިޔަ ހޯމަދުވަހު އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ އެދުމުގެ މަތިން ހުޅުމާލޭ ކޯޓުންވަނީ ރައީސް ނަޝީދުގެ ޕާސްޕޯޓު ދޫކޮށް ފުރައިވަޑައިގަތުމަށްވެސް ހުއްދަ ދީފަ އެވެ. ރައީސް ނަޝީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ މިމަހު 16 ވަނަ ދުވަހުން 20 ވަނަ ދުވަހުގެ ނިޔަލަށްކަމަށް މައުލޫމާތު ލިބެ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ބަނދުގައި ބެހެއްޓި މައްސަލައިގައި ހުޅުމާލޭ ކޯޓުން ހިނގަމުންދާ ޝަރީއަތާއި ގުޅުގެން ރައީސް ނަޝީދުގެ ފާސްޕޯޓު ހިފަހައްޓާފައިވަނީ، މިދިޔަ އާދީއްތަދުވަހު އެވެ.

ނަޝީދުގެ ގާނޫނީ ޓީމުން، ޕާސްޕޯޓު ދޫކުރުމަށް އެދިފައިވަނީ، އަބޫދާބީ ސަރުކާރުން އިންތިޒާމް ކޮށްގެން ބާއްވާ ހަލީފާ ފައުންޑޭޝަނުންދޭ “ޒައިދު ފިއުޗާ އެނާޖީ ޕްރައިސް” އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރި ވުމަށް މިމަހުގެ 16 ވަނަ ދުވަހު އެ ގައުމަށް ފުރާވަޑައިގަންނަވަން އެމަނިކުފާނު ނިންމާފައިވާފައިވާތީ އެވެ.

ފަހުގެ