ގަލޮޅު މަދަރުސާގެ ޔޫ.ކޭ.ޖީ ދަރިވަރުން ފުލުހުންނަށް ޒިއާރަތް ކޮށްފި

ގަލޮޅު މަދަރުސާ ޔޫ.ކޭ.ޖީ ކުލާސްތަކުގެ ދަރިވަރުންނާއި ޓީޗަރުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޒިޔާރަތް ކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

ޔޫކޭޖީ ކުދިންނަށް ސަލާމަތާއި ރައްކާތެރިކަމުގެ މަޢުލޫމާތު ހޯދައިދީ މަގުމަތީގެ ޢާއްމު ޤަވާޢިދާއި އުޞޫލުތަކާއި ރީތި އަޚްލާޤުގެ ހަމަތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރި މިޒިޔާރަތުގައި ފުލުހުންގެ ޢާއްމު މަސައްކަތް ދައްކުވައިދީ ފުލުހުންގެ ބޭނުންކުރާ ބައެއް ޔުނީފޯމު ދައްކާލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ ޓީމުން ބުނެ އެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ މިޒިޔާރަތުގައި ގަލޮޅު މަދަރުސާގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ފުލުހުން ދައުރު އަދާކުރުމަށް ބޭނުންކުރާ ބައެއް އާލާތައް ދައްކާލުމުގެ އިތުރުން ފުލުހުން އެކިއެކި ހާލަތްތަކުގައި ބޭނުންކުރަމުންދާ ބައެއް އުޅަނދުތައް ދައްކާލެވިފައިވެއެވެ.

ގަލޮޅު މަދަރުސާގެ ދަރިވަރުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުރި މި ޒިޔާރަތުގައި އެ ސްކޫލުގެ 380 އަށް ވުރެ ގިނަ ދަރިވަރުންނާއި ޕްރީސްކޫލުގެ ގިނަ ޢަދަދެއްގެ ޓީޗަރުން ބައިވެރި ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފަހުގެ