ރައްޔިތުންގެ މަޖިލީހުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ގަވާއިދުއާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

މިއަދު ބޭއްވުނު، މަޖިލީހުގެ ޖަލްސާތަކާ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަންނަވާ ނޫސްވެރިން އަމަލު ކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އުސޫލްތައް ދިރާސާ ކުރެއްވުމަށް ހޮއްވަވާފައިވާ އާންމު ކޮމިޓީގެ ސަބް ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ގަވާއިދުއާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިކަމަށް  ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

މިގޮތުން، މިގަވައިދުގެ ފުރަތަމަ މާއްދާއިން ފެށިގެން 3 ވަނަ މާއްދާއާ ހަމައަށް ބައްލަވައި އިޞްލާޙުގެންނެވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، މިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުޙުސިން ޙަމީދު، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު އެވެ. ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ކޮމިޓީއަށް ވަޑައެއްނުގަންނަވާކަމަށްވެސް ރައްޔިތުންގެ މަޖިލީހުން ބުނެ އެވެ.

ފަހުގެ