މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަލުން މުޖުތަމަޢަށް ނެރުމުގެ ޕްރޮގްރާމެއް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙްކޮށްދެއްވައިފި

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ތަމްރީނުދީ އަލުން އެނބުރި މުޖުތަމަޢަށް ގެނައުމުގެ ޕްރޮގްރާމެއް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، އިފްތިތާޙްކޮށްދެއްވައިފިއެވެ. “އެކްސްޕޭންޑިންގ ހޮރައިޒަންސް” ގެ ނަމުގައި ހިންގަވާ މި ތަމްރީންތައް އިންތިޒާމް ކުރައްވަނީ ނޭޝަނަލް ޑްރަގް އޭޖެންސީއާއި، ޖޯން ކީލްސް މޯލްޑިވިއަން ރިސޯޓްސް ޗާޔާ އާ ގުޅިގެންނެވެ.

ޗާޔާ އައިލެންޑް ދޮންވެލީގައި އޮތް މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅު ދައްކަވަމުން، މިއަދުގެ ޒުވާނުންނަށް ކުރިމަތިވެފައިވާ މިފަދަ އިޖްތިމާޢީ ބަލިމަޑުކަމުން ސަލާމަތްވުމަކީ، މިޤައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން އިސްކަން ދޭންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިކަން ފާހަގަކުރައްވަމުން، އެހެން ދިމާވަނީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމާއި، ކަންބޮޑުވުމާއި ފިކުރުތައް ބޮޑުވުމާއި، ޢާއިލާގެ ލޯތްބާއި އަޅާލުން ނުލިބުމާއި، އަދި މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީތެރިކަން ހޯދޭނެ ގޮތްތައް އެނގިފައި ނެތުމުން ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، “އެކްސްޕޭންޑިންގ ހޮރައިޒަންސް” ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް، ފިކުރުތަކުން ސަލާމަތްވާނެ ގޮތްތަކާއި، ދިރިއުޅުމުގެ ކަންކަން ރާވާނެ ގޮތް ދަސްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ ކުދިން، މަސްތުވާތަކެތިން ސަލާމަތްވެ، ދެމިތިބުމަށްޓަކައި، މިފަދަ ތަމްރީން ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުން ވަރަށް މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި، މި ޕްރޮގްރާމްގެ ސަބަބުން އެފަދަ ކުދިންނަށް ވަޒީފާއާއި އާމްދަނީ ހޯދާނެ ގޮތްތައް ފަހިވުމުގެ އިތުރުން، މުޖުތަމަޢުގައި އެމީހުންގެ އަގު އަލުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ފަހުގެ