އިޓަލީގައި ދިވެހިރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް ފެށައިފި

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މިހާރު ފަށާފައިވާ ބޮޑު ކެމްޕެއިންގެ ދަށުން، އިޓަލީވިލާތުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެމްޕީއާރުސީން ބުނީ، އިޓަލީވިލާތުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތް އިއްޔެ ރަސްމީކޮށް ފަށާފައިވާކަމަށެވެ. މިގޮތުން އިއްޔެ އިޓަލީވިލާތުގެ ރޯމްގައި ރޯޑްޝޯތައް ކުރިއަށްގެންގޮސްފައިވާއިރު، މިއަދު މިލާންގައި ރޯޑްޝޯތައް ކުރިއަށްދާނޭކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އެމްއެމްޕީއާރުސީން ބުނީ، މީގެ އިތުރުންވެސް އިޓަލީ ވިލާތުގައި މިމަހުގެ ތެރޭގައި ކުރިއަށްދާ ޓޫރިޒަމް ފެއަރގައި ބައިވެރިވުމަށް މިހާރު ނިންމާފައިވާކަމަށާއި، މިއަހަރުގެ ކުރިއަށް އޮތްތަނުގައި ހީނަރުވެފައިވާ އިޓަލީގެ މާކެޓުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަކީ މިހާރު އެކޯޕަރޭޝަންގެ އެއް އަމާޒްކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީމަހު އިޓަލީ ވިލާތުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ދިހަހާހަށް އެރިނަމަވެސް ފެބްރުއަރީމަހުން ފެށިގެން އިޓަލީވިލާތުން ރާއްޖެއައި ފަތުރުވެރިންގެ އަދަދުވަނީ ވަރަށްބޮޑަށް ދަށަށްދާން ފަށާފައެވެ. މިގޮތުން މިއަހަރުގެ ޖޫންމަސް ނިމިގެންދިޔައިރު، އިޓަލީވިލާތުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ އެއްހާސް ފައްސަތޭކަ ހަތްދިހަ އަށް ދަށަށްގޮސްފައެވެ.

މެއިމަހާއި ޖޫންމަހު އިޓަލީވީލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ދަށަށްދިޔަ ނަމަވެސް، އޮގަސްޓްމަސް ނިމިގެންދިޔައިރު، އިޓަލީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަރަށްބޮޑުތަން އިތުރުވާން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފަހުގެ