އިނގިރޭސިންނަށް އޮތް ނުރައްކަލަކީ ލެވަންޑޯސްކީ: ހޮޖްސަން

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޕޮލޭންޑާއި ދެކޮޅަށް އިނގިރޭސިން ނިކުންނައިރު އިނގިރޭސިންނަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލަކީ ޕޮލޭންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ކަމުގައި އިނގިރޭސިވިލާތުގެ ކޯޗް ރޯއި ހޮޖްސަން ބުނެފިއެވެ.

މިރޭ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު ޕޮލެންޑްގެ ވޯސޯގައި ކުޅޭ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ހޮޖްސަން ބުނެފައިވަނީ ޕޮލެންޑަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް އެޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އެޓީމުގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީކަމަށެވެ. އެހެންކަމުން އޭނާ ހިފެހެއްޓުމަށް މިރޭގެ މެޗްގައި ހާއްސަ ސަމާލުކަމެއް ދޭނެކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ހޮޖްސަން އިތުރަށް ބުނެފައިވަނީ ލެވަންޑޮސްކީއަކީ ކިތަންމެ މޮޅު ކުޅުންތެރިއެއް ނަމަވެސް އޭނާ އެކަނި މެޗްގެ ނަތީޖާ ބަދަލު ނުކުރެވޭނެ ކަމަށާއި އެހެންކަމުން އޭގެ ފައިދާ އިނގިރޭސިވިލާތަށް ޓިމެއްގެ ގޮތުގައި ކުޅެގެން ނެގިދާނެކަމަށެވެ. އަދި ސަސްޕެންޝަނުގައި ހުރުމަށްފަހު ކެޕްޓަން ސްޓީވަން ޖެރާޑްވެސް އަލުން ޓީމާއި ގުޅިފައިވާތީ އެއީ ޓީމަށް ލިބިފައިވާ ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް ހޮޖްސަންވަނީ ބުނެފައެވެ.

އަނެއްކޮޅުން ޕޮލެންޑްގެ ކޯޗް ފޯނަލިކް ބުނެފައިވަނީ އިނގިރޭސިންގެ ކޮޅަށް ތާރީޚު ބުރަވި ނަމަވެސް މިރޭގެ މެޗްގައި އެކަންތައް ތަކުރާރު ވެދާނެކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށެވެ.

ފަހުގެ