ދިރާގަކީ ނަމޫނާ ކުންފުންޏެއް: ރައީސް ވަހީދު

ދިވެހިރާއްޖޭގެ އިޤްތިޞޯދަށް ބަލާއިރު ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން ދިރާގަކީ ނަމޫނާ ކުންފުންޏެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވެއްޖެއެވެ.

ދިރާގްގެ ހެޑް އޮފީސް ރަސްމީކޮށް މިއަދު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ވިދާޅުވީ، ދިރާގަކީ އެކުންފުންޏަކުންދޭ ހިދުމަތްތައް އަބަދުވެސް އެއް ފެންވަރެއްގައި ދެމުންއަންނަ އެއް ކުންފުންޏެއްކަމަށާއި، ދިރާގަކީ ހުރިހާގޮތަކުންވެސް އެހެންކުންފުނިތަކަށް ހުރި ނަމޫނާއެއްކަމަށެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިރާގްގެ ސިޔާސަތުތަކަށް ބަލާއިރު، ދިރާގަކީ މިވަގުތު މުޅި ދިވެހިރާއްޖޭގައިވެސް މުއައްޒަފުންނަށް އެންމެބޮޑު އިސްކަމެއްދީގެން، މުއައްޒަފުންގެ ކުރިއެރުމަށް އެންމެބޮޑަށް މަސައްކަތްކުރާ އެއް ކުންފުނިކަމަށާއި، މި ކުންފުނީގެ ނުވަދިހަ ނުވަ އިންސައްތަ މުއައްޒަފުންނަކީ މިއަދު ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ ވަހީދުވަނީ ދިރާގުން ފޯރުކޮށްދޭ މުއާސަލާތީ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ދިރާގްގެ އިސްވެރިންނަށާއި މުއައްޒަފުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ދިރާގްގެ އާ އިމާރާތް ހުޅުވުމުގެ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ވަހީދާއި، ޗީފް އެގްޒެކްޓިވް އިސްމާއީލް ރަޝީދު ވަނީ، ދިރާގުގެ މި އާ އިމާރާތުގެ މުހިއްމުކަމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ފަހުގެ