އައްޑޫ ސިޓީގެ ޕްލޭންތަކަށް މިސަރުކާރުން ޖާގައެއް ނުދޭ: މޭޔަރު

އައްޑު ސިޓީގެ ތަރަށްގީއަށް އައްޑޫ ސިޓީ ކައުންސިލުން ހަދާފައިވާ ޕްލޭންތަށް ތަންފީޒް ކުރުމަށް މިހާރުގެ ސަރުކާރުން ޖާގަ ނުދޭކަމަށް އައްޑުސީޓިގެ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސޯދިގް ވިދާޅުވީ އައްޑޫ ސިޓީގެ ތަރަށްގީގެ ޕްލޭނެއް އެކުލަވާލުން އެއީ އައްޑޫ ސިޓީ ކައުންސިލުން އެއްމެފުރަތަމަ އިސްކަމެއް ދީގެން ކުރި އެއްކަންތަށްކަމަށެވެ. އެޕްލޭނުގައި އައްޑޫ ސިޓީގެ އެކިދާއިރާތަކުގެ ވާހަކަތަށް އެކުލަވާލެވިފައިވާނެކަމަށް ސޯދިގް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ގާނޫނަށް ރިޔާއަތްކޮށް އައްޑޫ ސީޓީގެ ތަރަށްގީއަށް އެތަށް ޕްލޭންތަކެއް ހަދައިފައި ވީނަމަވެސް މިހާރުގެ ސަރުކާރުން އެޕްލޭންތަށް ތަންފީޒް ކުރުމަށް ޖާގަ ނުދޭކަމަށް ސޯދިގްވިދާޅުވިއެވެ.

އަބްދުﷲ ސޯދިގް އިތުރަށް ވިދާޅުވީ ގާނޫންގައި ބާޔާން ނުކޮށް އަދި ކައުންސިލްގެ މޭންޑޭޓްގެ ތެރޭގައި ނުހިމެނުނު ކަމުގައި ވީނަމަވެސް އައްޑޫ ސިޓީ ތަރަށްގީކުރުމުގައި އައްޑޫ ސީޓި ކައުންސިލްގެ ބަސް ކިޔޭނެ ކަމަށް ގަބޫލުކުރަށްވާކަމަށެވެ. ނަމަވެސް އައްޑޫ ސިޓީން ހަދާފައިވާ ޕްލޭންތަކަށް އަމަލުކުރުމުގެ ޖާގަނެތްކަމަށް އަބްދުﷲ ސޯދިގް ވިދާޅުވިއެވެ. ސޯދިގް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނެއް އުފެދިފައިވީ ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ބޭނުމެއް ނެތްކަމަށާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން އެއްވެސް ކަމެއް ޕްލޭންކޮށް ކުރިއަށްގެންދެވެން މިހާރު ނެތްކަމަށެވެ.

ފަހުގެ