މިރޭ 11:00 ގައި ފިހާރަތައް ބަނދު ކުރާނެ

އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ސައިހޮޓާ އަދި ކެންޓީނާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ސައިހޮޓަލާއި ރެސްޓޯރެންޓާއި ސައުވީސް ގަޑިއިރު ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ހުއްދަތައް މިއަދުން ފެށިގެން ވަގުތީގޮތުން އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، ފިހާރަތައް ރޭގަނޑު 11:00 ފަށައިގެން ފަތިހު 5:00 އާއި ހަމައަށް ހުޅުވާފައިބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ. އަދި ސައިހޮޓަލާއި ރެސްޓޯރެންޓު މެންދަމު 1:00 އާއި ފަތިހު 4:30 އާއި ދެމެދު ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ.

ސައުވީސް ގަޑި އިރު ވިޔަފާރިކުރުން ވަގުތީގޮތުން މަނާކުރުމުގެ އިތުރުން، އެ ހުއްދަ އިތުރު ފަރާތްތަކަށް ދޫ ނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިއީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި މުޖުތަމައުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މިހާރުން މިހާރަށް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ފިޔަވަޅެއް ކަމަށެވެ.

ފަހުގެ