ރައީސް ނަޝީދު އަބޫދާބީއަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ސަރުކާރުން ބުނެފައިވަނިކޮށް މިމަހު 16 ވަނަ ދުވަހު އަބޫދާބީއަށް ފުރައިވަޑައިގަންނަވާނޭކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ “ވައުދުގެ ދަތުރު” ނިންމަވާލެއްވުމަށްފަހު، އިއްޔެ މާލެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި، އެމަނިކުފާނުވިދާޅުވީ އަބޫދާބީ ސަރުކާރުން އިންތިޒާމް ކޮށްގެން ބާއްވާ ހަލީފާ ފައުންޑޭޝަނުންދޭ “ޒައިދު ފިއުޗާ އެނާޖީ ޕްރައިސް” އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރި ވުމަށް މިމަހުގެ 16 ވަނަ ދުވަހު އެ ގައުމަށް ފުރާވަޑައިގަންނަވަން ނިންމާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ މީގެ ކުރިންވެސް އެ ދަތުރަށް ވަޑައިގަތުމަށް އެ ގައުމުގެ ސަރުކާރުން ދައުވަތު ލިބިލައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އަތުގައި ޕާސްޕޯޓު އެބައޮތް ކަމަށެވެ. ނަމަވެސް އިމިގްރޭޝަނުން ބުނެފައިވަނީ އަތުގައި ޕާސްޕޯޓު އޮތްނަމަވެސް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެކަމަށެވެ.

ފަހުގެ