ވިސަލް ބްލޯވަރުންްގެ ބިލު މާދަމާއަށް އެޖެންޑާ ކޮށްފި

ވިސަލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލު' ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިއުން އިއްވުމަށް މާދަ ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 11 ވަނަ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މި ބިލަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނަައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގައި ހިމެނޭ ކަންތައް ތަކުގެ ތެރޭގައި ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމާއި ބެހޭ ބިލުގައިވާ ގޮތުން ވިސްލްބްލޯ ކުރެވިދާނެ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ އިސްވެރިންނާ ހަމައިން ފެށިގެން އެންމެ އާންމު ފަރުދަށް ވެސް މި ދައުވާ ކުރުމުގެ ހައްގު ލިބިފައިވެ އެވެ. އަދި މި މައުލޫމާތު ހުށެހެޅުމުގެ ގިނަ އިންތިޒާމްތަކެއް ހަމަޖައްސައިފައިވާ ކަމަށް ވެސް މި ބިލުގައި ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސިޓީ، ފެކްސް. މެސެޖް.ފޯންކޯލް ފަދަ ވަސީލަތްތަކުން މި މިއުލޫމާތު ހާމަ ކުރެވޭނެ އިންތިޒާމްތައް ވަމީ ހަމަ ޖައްސަވައިފައެވެ.

މީގެ އިތުރުން މި މައްސަލަ ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރާނެ ކަމަށް މި ބިލުގައި ހާމަ ކޮށްފައިވެއެވެ. މިފަދަ މައުލޫމާތު ހާމަކުރާ ފަރާތަތަކުން އެކަމެއް ހިނގިކަމުގެ ހެކި ދައްކާ ސާބިތު ކުރަން ނުޖެހޭނެ ކަމަށްވެސް މި ބިލުގައި ވެއެވެ.

މީގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނު ދަށުން ބައެއް މީހުންނަށް ދެމުން އަންނަ ފައިސާ އިތުރު ކުރުމަށް ހުށަހަޅާ އިސްލާހުގެ ފުރަތަމަ ކިއުން އިއްވުންވެސް މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައެވެ.

ވިސަލްބްލޯއިން އަށް ދިވެހި ބަހުގެ އެކަޑަމީން އިިއްޔެ ވަނީ އައު ބަހެއް އުފައްދާފަ އެވެ.

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ވިސަލް ބްލޯވަރުންގެ ދުވަހެެވެ.

ކިޔުންތެރިންގެ ހިޔާލު