ފައިސާ ޗާޕު ނުކުރުމަކީ ސަރުކާރުގެ ވައުދެއް، މުއިއްޒު ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ: ފަލާހް

Big Extaarvq0o7qcok

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް, ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖަލްސާގައި ފަލާހް ކުރެއްވި ވާހަކަފުޅުގައި ފާހަގަކުރެއްވީ ފައިސާ ޗާޕު ނުކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، އެއީ ކޮންމެހެން ފުއްދަންޖެހޭ ވައުދެއް ކަމަށެވެ.

ބައެއް މީޑިއާތަކުން ދާދި ފަހުން ފެތުރުނު ހަބަރުތަކެއްގައި ބުނެފައިވަނީ ސަރުކާރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެއިން ބިމެއް ގަނެގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ބިން ގަތުމަށް 14 ބިލިއަން ރުފިޔާ ޗާޕް ކުރަން ނިންމާފައިވާ ކަމަށްވެސް ވެއެވެ. ނަމަވެސް ފަލާހް މިއަދު ވިދާޅުވީ މުއިއްޒު ސަރުކާރަކީ ބަހާއި އަމަލާ ދިމާނުވާ ސަރުކާރެއް ނޫން ކަމަށެވެ.

ފަލާހް އިތުރަށް ފާހަގަކުރެއްވީ އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުން ފެނިގޮސްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ދޮގު ވާހަކަތައް ނުފެތުރުމަށް ފަލާހް އެދިވަޑައިގެންނެވިއެވެ.

ރައީސް ޑރ. މުއިއްޒު އަމިއްލަފުޅަށްވެސް ވަނީ މި ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ފާހަގަކުރައްވާފައިވާ ގޮތުގައި، ވެރިކަމަށް ވަޑައިގެންނެވިފަހުން ފައިސާ ޗާޕުނުކޮށް 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވެއެވެ.

“ފައިސާ ޗާޕު ނުކުރުން އެއީ ހިތި ބޭހެއް ނަމަވެސް އެއީ ނަތީޖާ ރަނގަޅު ބޭހެއް” ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ފައިސާ ޗާޕުކުރުމަކީ ޝޯޓްކަޓެއް ކަމަށާއި އެއީ އިހްލާސްތެރި މަގު ނޫން ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މިގޮތަށް ފައިސާ ޗާޕުނުކުރެއްވުމަށް ނިންމެވި ނިންމުން ބައިނަލްއަގްވާމީ ފަރާތްތަކުން އަގުވަޒަންކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ފަހުގެ