ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ޕީއެންސީ އިން ދޮގުކޮށްފި

357465 347ab0f4 B

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ސަރުކާރު ހިންގާ ޕީއެންސީން ވަނީ ދޮގުކޮށްފައެވެ. ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދުސްތޫރީ ނިޒާމު ހިނގަމުންދަނީ ރަނގަޅަށް ކަމަށެވެ.

މި ބަޔާން ނެރުނީ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމަށްފަހުގައެވެ. ސުއޫދު އިސްތިއުފާ ސިޓީގައި ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ބެލުމުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަކީ “ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި” ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ޕީއެންސީގެ ބަޔާނުގައި ވަނީ ސުއޫދު އަމަލުކުރެއްވީ ފަނޑިޔާރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިސްޓް އުސޫލުން ކަމަށް ފާހަގަކޮށްފައެވެ. އަދި އިސްތިއުފާ ދިނުމުގައި ޖޭއެސްސީއަށް ސިޓީ ފޮނުވުމުގެ ބަދަލުގައި ރައީސަށް ސިޓީ ފޮނުއްވީ “އެމަނިކުފާނުގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވުމަށް” ކަމަށް ޕީއެންސީން ބުނެފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ޖޭއެސްސީ ފަދަ މިނިވަން މުވައްސަސާތައް މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ހިންގުމުގެ ފުރުސަތު ރައީސް މުއިއްޒު ވަނީ ފަހިކޮށްދެއްވާފައި ކަމަށެވެ. “އެފަދަ މުއައްސަސާއަކުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އެއީ ދުސްތޫރީ ގާނޫނީ ނިޒާމު ހިނގަން ޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިއުމެވެ,” ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރުންނާ މެދު އަމަލުކުރަމުންދަނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ބުނެ، އަދި ގާނޫނުތައް ނެގެހެއްޓުމުގައި ރައީސް މުއިއްޒު ދައްކަވަނީ ނަމޫނާއެއް ކަމަށް ވެސް ޕީއެންސީން އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަހުގެ