ފަރުވާގައި ބައިތިއްބާފައި ތިބި ދެ މީހަކު ހާފްވޭ ހައުސްއިން ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

Screenshot
Screenshot

މަސްތުވާތަކެތީގެ ފަރުވާއަށް ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގައި ބައިތިއްބާފައި ތިބި ދެ މީހަކު ފިލައިގެން އުޅެނިކޮށް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުންނަކީ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

ފިލައިގެން އުޅެނިކޮށް ހައްޔަރުކުރެވުނު މީހުންނަކީ އައްޑޫ ހިތަދޫއަށް ނިސްބަތްވާ 37 އަހަރުގެ ފިރިހެނަކާއި މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މަސްތުވާތަކެތީގެ ފަރުވާ ދިނުމުގެ ނިޒާމު މިހާރު އޮތް ގޮތް ކަންބޮޑުވާންޖެހޭ މިންވަރަށް ދަށްކޮށް އޮތްކަން ފާހަގަކުރެވެއެވެ. މިހާރުވެސް މަސްތުވާތަކެތީގެ ފަރުވާއަށް ބޭނުންވާ 700 އަށް ވުރެ ގިނަ މީހުން ތިބިއިރު، ފަރުވާ ދިނުމުގެ ނިޒާމު އޮތީ ވަރަށް ބޮޑަށް ބޮއްސުންލާފައި ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ދެ މީހުން ފިލުމާ ގުޅިގެން، ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުންނަށް ދެވޭ ފަރުވާގެ ރައްކާތެރިކަން އިތުރުކުރުމަށާއި ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކުރެވެއެވެ. ހާފްވޭ ހައުސްއިން މީހުން ފިލުމަކީ މީގެ ކުރިންވެސް ދިމާވަމުން އައި ކަމެއްކަން ފާހަގަކޮށްލެވެއެވެ.

ފަހުގެ