މެޑިކަލް ކައުންސިލުން ދޭ ވަގުތީ ލައިސަންސްގެ މުއްދަތު ހަ މަހަށް ކުރުކޮށްފި

Doctor

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެޑިކަލް ލައިސެންސިން އިމްތިހާނު ފުރިހަމަކުރަން ޖެހޭ ޑޮކްޓަރުންނަށް ދޫކުރާ ވަގުތީ ލައިސަންސްގެ މުއްދަތު އެއް އަހަރުން ހަ މަހަށް ކުރުކޮށްފިއެވެ. ލައިސަންސްގެ މުއްދަތަށް މި ބަދަލު ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ވަގުތީ ލައިސަންސްގެ މުއްދަތު ކުރުކުރަން ނިންމާފައިވަނީ، އެއް އަހަރުގެ މުއްދަތު ދިގުކަމަށް ފާހަގަކުރެވިގެންނެވެ. މީގެ ކުރިން މި ޕްރޮވިޝަނަލް ލައިސަންސް ދޫކުރަމުން އައީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ނަމަވެސް، މިދިޔަ ސެޕްޓެމްބަރު 1 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާކަަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

މި ވަގުތީ ލައިސަންސްއަކީ ޑޮކްޓަރުން އިމްތިހާނަށް ތައްޔާރުވާ މުއްދަތުގައި މަސައްކަތްކުރުމަށް ދޫކުރާ ލައިސަންސެކެވެ. މެޑިކަލް ކައުންސިލްގެ ލައިސެންސިން އިމްތިހާނުން ފާސްވުމުން، ޑޮކްޓަރުންނަށް ފަސް އަހަރުގެ މުއްދަތަށް ލައިސަންސެއް ދޫކުރެވެއެވެ

ފަހުގެ