ރ. އުނގޫފާރު އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހަދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން އެރަށު ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 61 އަހަރުގެ މުހައްމަދު އަމްޖަދާއި 67 އަހަރުގެ މުހައްމަދު ވަހީދެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔา ހުކުރު ދުވަހުއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ކައުންސިލް އިދާރާގެ ގޯތިތެރެއަށް ފެން އަޅާ މަންޒަރެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުން ކޯޓަށް ހާޒިރުކުރުމުން، އެ ދެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.