ހަށިވިއްކާ އިންޑިއާ އަންހެނަކާއި ނޭޕާލް އޭޖެންޓަކު އަތުލައިފި

Dsc 2407 E1618131003156

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު އިންޑިއާ އަންހެނަކާއި ނޭޕާލް އޭޖެންޓަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދެމީހުން ހައްޔަރުކުރީ ޖެނުއަރީ 30 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނަކީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައިގެ ތަހުގީގަށްފަހު އިންޑިއާ އަންހެން މީހާ މިހާރު ވަނީ ޑިޕޯޓުކޮށްފައެވެ. އަދި އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ނޭޕާލް ފިރިހެނާ ޑިޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް އިތުރުކޮށްފައިވާއިރު، މިދިޔަ މަހު ނުވަ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި ޑިސެމްބަރު މަހު ހަށިވިއްކުމުގެ ހަތަރު މައްސަލައަކާ ގުޅިގެން ނުވަ ބިދޭސީންނާއި، އޭގެ ކުރިން ފަސް މައްސަލައެއްގައި ހަތް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފަހުގެ