391,000 ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި މަޝްއަރު ގްރޫޕްގެ ވެރިޔާ ކޯޓަށް

Big Zcdsrkfn6qpqhbqxhuuvjg13e

އުމްރާއަށް ފޮނުވައިދޭނެ ކަމަށް ބުނެ އެކި ފަރާތްތަކުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް 7 ދައުވާ ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އަލީ ފާރިޝްގެ މައްޗަށް ހުށަހަޅާފައިވަނީ 6 ޓެކުމުގެ ދައުވާއާއި އެއް މަނީ ލޯންޑްރިންގ ދައުވާ ކަމަށެވެ. މި މައްސަލައިގައި އޭނާ ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވެނީ 391,072 ރުފިޔާ އާއި 8,100 އެމެރިކާ ޑޮލަރަށެވެ.

2024 ވަނަ އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެކި ފަރާތްތަކުން ފައިސާ ނަގައި، އެ ފައިސާ އަލީ ފާރިޝްގެ އަމިއްލަ އެކައުންޓުތަކަށާއި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް ތަހުގީގަށް ހާމަވެފައިވެއެވެ. އޭގެ ތެރޭގައި ޓްރިއަރ ޕްރައިވެޓް ލިމިޓެޑް އާއި ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އަދި 2023 ވަނަ އަހަރުވެސް މަޝްއަރު ގްރޫޕުން މިފަދަ ކަމެއް ކުރުމުން އެ ގްރޫޕްގެ ހުއްދަ ބާތިލުކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ފަހުގެ