ތިނަދޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި، ރޯދަ މަހު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުން މަނާކޮށްފިއެވެ.
ކައުންސިލުން ބުނީ، ރޯދަ މަހަކީ އަޅުކަމަށް އިސްކަންދޭ މަހަކަށް ހެދުމަށްޓަކައި މި ނިންމުން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުލަބު ޖަމިއްޔާތަކުން އިންތިޒާމުކުރާ ހަރަކާތްތަކާއި، އާންމު ތަންތަނުގައި ބާއްވާ ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.
ނަމަވެސް، ކަސްރަތާއި ސިއްހީ ބޭނުންތަކަށް ރަށުގައި ގާއިމުކޮށްފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ކަނޑައެޅޭ ވަގުތުތަކެއްގައި ހުޅުވިފައި ހުންނާނެކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
އަދި މި އުސޫލާ ހިލާފުވާ ފަރާތްތަކަށް ކައުންސިލުގެ އެއްބާރުލުން ނުލިބޭނެ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.