މައުލޫމާތު ލޯންޑަރ ކުރުމަށްވުރެ ބޮޑު ޖިނާއީ ކުށެއް ނެތް: ޔާމީން

82886 0bf3b7bc F

ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ބޭނުންކުރުމަކީ މައުލޫމާތު ލޯންޑަރ ކުރުން ކަމަށާއި، އެއަށްވުރެ ބޮޑު ޖިނާއީ ކުށެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޑީއެންއާރުގައި ހުރި މައުލޫމާތުތައް ވަގަށް ނަގައިގެން ސަރުކާރު ހިންގާ ޕާޓީއަށް މީހުން ވެއްދުމުގެ ޒިންމާ ނަގަންޖެހޭނީ ސީދާ ރައީސް މުހައްމަދު މުއިއްޒު ކަމަށެވެ.

މިފަދަ ކަންކަމުން ރައްޔިތުންގެ އިތުބާރު ދައުލަތަށް ގެއްލިގެންދާނެ ކަމަށް ފާހަގަކުރައްވަމުން، މި މައްސަލަ ބަލަން ޖެހޭނީ ތަހުގީގީ އިދާރާތަކުން އިސްނަގައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް މިކަމަށް އިސްނުނަގާ ކަމަށާއި، ފުލުހުންވެސް އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ބަލާނެކަމާމެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގައި މިފަދަ ކަންކަން ބެލޭނެ ކޯޓެއްވެސް އަދި މުއައްސަސާއެއްވެސް ނެތް ކަމަށެވެ. އަދި ފުލުހުންނަކީ ގާނޫނީ ގޮތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށާއި، އެއީ ނިވާފަތްގަނޑެއްގެ ތެރޭގައި ކަނޑިކި އަދެގެން ތިބި ބައެއް ކަމަށްވެސް ވިދާޅުވިއެވެ.

ފަހުގެ