މާލީ މުއާމަލާތްތަކުގައި ލުއިދިނުމަށް ރައީސްގެ ހުއްދަ ހޯދަންޖެހޭގޮތަށް ކަނޑައަޅައިފި

Mira

ދައުލަތުގެ މުއައްސަސާތަކުން މާލީ މުއާމަލާތްތަކުގައި ލުއިދިނުމަށް ރައީސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އާ ގަވާއިދެއް ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.

މި ގަވާއިދުގެ ދަށުން، ކައުންސިލްތައް ފިޔަވައި ސަރުކާރުގެ އެހެން އެއްވެސް އިދާރާއަކުން މާލީ މުއާމަލާތްތަކަށް ލުއިދޭން ވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސްގެ ހުއްދަ ލިބިގެންނެވެ. އަދި ލުއިދިނުމަށް އެދި ހުށަހަޅާއިރު، އެ މުއާމަލާތުގެ ފުރިހަމަ ތަފުސީލާއި، ލުއިދޭން ބޭނުންވާ ސަބަބުތައް ހިމަނަންޖެހޭނެ އެވެ.

ކައުންސިލްތަކަށް މާލީ މުއާމަލާތްތަކުގައި ލުއިދެވޭނީ އެކަމުން ލިބޭ ގެއްލުން ވަޒަންކުރުމަށް ފަހު، ކައުންސިލުން ނިންމާ ގޮތެއްގެ މަތިންނެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމާތާ ހަތް ދުވަހުގެ ތެރޭގައި ލޯކަލް ގަވަނަންސް މިނިސްޓްރީއަށް އަންގަންޖެހޭނެ އެވެ.

މި ގަވާއިދަކީ ދައުލަތުގެ އޮފީސްތަކާއި ކައުންސިލްތަކުން ހިންގާ މާލީ މުއާމަލާތްތަކުގައި އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ދިނުމުގައި އަމަލުކުރަންޖެހޭ ހަމައެކަނި ގަވާއިދެވެ.

ފަހުގެ