ސައްހަ ނޫން ފޯމުތަކާ ގުޅޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

R2igldhnuz3ubbihx520ptmivu9axisnptnqyv5i

ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ސައްހަ ނޫން ފޯމުތަކާ ގުޅޭ މައްސަލަ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މީކާއިލް މި މައްސަލަ ހުށަހެޅުއްވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގައި ހޯމް މިނިސްޓްރީގެ އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާކަމަށް ތުހުމަތުކުރައްވައެވެ. މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ ފަރާތުން މައުލޫމާތު ސާފުކުރުމަށް މީކާއިލް ވަނީ އެދިފަ އެވެ.

މި މައްސަލައިގައި މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ސައްހަ ނޫން ފޯމުތަކުގައި ސޮއިކޮށްފައިވާ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކުރުމަށް މީކާއިލް ވަނީ އެދިފަ އެވެ. އަދި މި މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފަ އެވެ.

މި މައްސަލައިގައި އެންމެ ފަހުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީއަށް ބަދަލުކުރި ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލުކޮށްފަ އެވެ. މި މައްސަލަ މިހާރު ދަނީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ތަހުގީގުކުރަމުންނެވެ.

ފަހުގެ