އައްޑޫ ލިންކް ރޯޑުގައި ދެ އަންހެން ކުދިން ދުއްވަމުން ދިޔަ ސައިކަލެއް ހުއްޓުވައި، އެ ކުދިންގެ ގައިގައި އަތްލައި ގޯނާކުރި މައްސަލައިގައި ދައުވާލިބުނު ވެމްކޯގެ މުވައްޒަފަކަށް 6200 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅައިފި އެވެ.
މި މައްސަލައިގައި ދައުލަތުން އުފުލި ދެ ދައުވާއަށް އެ މުވައްޒަފު ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އޭނާ އިއުތިރާފުވި ގޮތުގައި އެއް އަންހެން ކުއްޖާގެ މޭމަތީގައި އަދި ކަނައަތުގައި އަތްލައި، އަނެއް އަންހެން ކުއްޖާގެ ކަނައަތުގައި ހިފާފައިވެ އެވެ.
ކޯޓުން މައްސަލަ ނިންމި ގޮތުގައި އެއް މައްސަލައިގައި 13 ދުވަހުގެ ޖަލު ހުކުމަކާއި އަނެއް މައްސަލައިގައި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް މި ދެ ހުކުމް ވަނީ 6200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ.