އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ނޭޕާލް އަންހެނާ މަރުވެފައިވާއިރު، މެޑިކަލް ރިޕޯޓުން އޭނާ މަރުވި ސަބަބު އަދިވެސް ނޭނގޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި 25 އަހަރުގެ ކުންޗަން ދުންގަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބަނޑުގައި ވަރަށް ބޮޑަށް ރިއްސާތީއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާގެ ހަބަރު ހުސްވެފައިވެއެވެ. މެޑިކަލް ރިޕޯޓުން ދައްކާ ގޮތުގައި އޭނާއަކީ އެނީމިއާ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 9 ނޮވެންބަރު 2023 ވަނަ ދުވަހުގެ ހެނދުނުއެވެ. އެންމެ ފުރަތަމަ އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށް އަޑުތަކެއް ފެތުރުނު ނަމަވެސް، މެޑިކަލް ރިޕޯޓުން އެފަދަ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކުންޗަންގެ ހަށިގަނޑު މޯޗަރީގައި ބެހެއްޓުމަށްފަހު، 7 ޖެނުއަރީގައި އޭނާގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.