މުލީ އެއާޕޯޓުގެ ޓެސްޓް ފްލައިޓް މާޗް 1 ގައި ޖައްސަން ނިންމައިފި

Big Whaaj2fslazbeni01afxzopod

މުލީ އެއާޕޯޓުގެ މަސައްކަތްތައް ނިމި، އަންނަ މާޗް 1 ވަނަ ދުވަހު ޓެސްޓް ފްލައިޓެއް ޖެއްސުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (ރާކޯ) އިން ނިންމައިފި އެވެ.

ރާކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެއާޕޯޓު ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެގޮތުން އެއާޕޯޓަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީތައް ހޯދުމާއި، އޮފީސް ބައި ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން ތަރައްގީކުރަމުންދާ މި އެއާޕޯޓުގައި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަންއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކައި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކޮށްފައިވާ ކަމަށް މުބީން ވިދާޅުވި އެވެ.

އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓަށް މުވައްޒަފުން ނަގައި، އެ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މުބީން ވިދާޅުވި އެވެ.

މުލީ އެއާޕޯޓުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. މިއީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި އަވަސް ކުރަމުންދާ މަޝްރޫއެކެވެ.

ފަހުގެ