ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރުން ރައީސްގެ މަރުހަބާ ސައުދީއަށް

357465 347ab0f4 B

2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސައުދީ އަރަބިއްޔާއިން ކާމިޔާބު ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ވެރިންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިއީ ސައުދީގެ ހައިބަތާއި ގަދަރު ދުނިޔޭގައި އުފުލެމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ސާބިތުކަމާއި، ހަރުދަނާ ސިޔާސަތުގެ ދިރިހުރި މިސާލެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއީ ސައުދީ އަރަބިއްޔާގެ އިތުރުން، އަރަބި ކަރައަށާއި އަދި މުޅި އިސްލާމީ އުއްމަތަށް ލިބުނު ފަހުރެއް ކަމަށެވެ.

ސައުދީގައި ބާއްވާ ވޯލްޑް ކަޕަކީ ކުޅުންތެރިންގެ މޮޅުކަން ދައްކުވައިދޭ މުބާރާތަކަށް ވުމުގެ އިތުރުން، އެއްބައިވަންތަކަމާއި ސަގާފަތާއި ފަންނިއްޔާތާއި އީޖާދުތަކުގެ ރޮނގުން ވެސް ދުނިޔެއަށް މުޅިން އާ ކަންތައްތަކެއް ދައްކުވައިދޭނެ މުބާރާތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފަހުގެ