އެމެރިކާ ސަފީރުގެ އިސްނެންގެވުމާއެކު މާލެއިން ޓަނެއްހާ ކުނި ހޮވައިފި

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެލެއިނާ ޓެޕްލިޓްޒްގެ އިސްނެންގެވުމާއެކު މާލެއިން ގާތްގަނޑަކަށް ޓަނެއްގެ ކުނި ހޮވައިފިއެވެ.

މި ހަރަކާތް ބާއްވާފައިވަނީ އިއްޔެ ހަވީރުއެވެ. ރާއްްޖޭގައި ހުންނަ އެމެރިކާ ސެންޓަރުން ބުނީ، ދެ ގަޑީރު ތެރޭގައި 944 ކިލޯގެ ކުނި ހޮވާފައިވާކަމަށެވެ.

މި ހަރަކަތް ކުރިއަށް ގެންގޮސްފައިވަނީ، ސްކައުޓް އެސޯސިއޭޝަން، ގާލް ގައިޑް އެސޯސިއޭޝަންާ، ޓްވިޓް ސާފާއި މާލޭ ސިޓީ ކައުންސިލް ފަދަ ތަންތަނުގެ ވޮލެންޓިއަރުންގެ އެހީތެރިކަމާއިވެސް އެކުއެވެ.

މި ހަރަކާތުގައި 936 ވޮލެންޓިއަރުން ބައިވެރިވިއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުގައި ބައިވެރިވުމަށާ، އަދި ރާއްޖޭގެ ބައެއް މުއައްްސަސާތަކާ ބައްދަލު ކުރެއްވުމަށް އެމެރިކާ ސަފީރު ޓެޕްލިޒް ރާއްޖެއަށް ކުރެއްވި ދަތުރު ފުޅު ނިންމަވާލެއްވުމަފަހު އިއްޔެ ވަނީ ރާއްޖެއިން ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު