މާޗު މަހު ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުތައް ފަށަނީ

Screenshot 2024 11 27 At 10.25.22

މި ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި 36 ބައިނަލްއަގުވާމީ ކުންފުނިން ވަނީ ކުރިމަތިލާފަ އެވެ. އަދި ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހެލިކޮޕްޓަރު ހިދުމަތް ދޭން ނިންމާފައި ވަނީ އިމަޖެންސީ ހާލަތްތަކުގައި ހިދުމަތް ދިނުމަށާއި ޓޫރިޒަމް ކުރިއެރުވުމަށް ކަމަށެވެ. އަދި މި ހިދުމަތް ދިނުމަށް އެއްބަސްވާ ފަރާތަކަށް 10 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓޫރިސްޓުން އުފުލުމުގެ ހުއްދަ ދޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު އަމީން މި މައުލޫމާތު ހާމަކުރެއްވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ “ހަފްތާ 52” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އަދި މި ހިދުމަތް ފެށިގެންދާނީ ސިވިލް އޭވިއޭޝަންގެ ހުރިހާ މިންގަނޑުތަކަކަށް ފެތޭ ގޮތަށް ކަމަށްވެސް އެ މިނިސްޓަރު ވިދާޅުވި އެވެ.

ފަހުގެ