މީޑިއާ ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން: ރައީސް މުއިއްޒު

Screenshot 2024 05 03 At 12.28.29

މީޑިއާ އާއި ނޫސްތައް ކޮންޓްރޯލް ކުރުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިސްލާމް ދީނާއި ގާނޫނު އަސާސީ އާ ހިލާފު ނުވާހާ ހިނދަކު، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެ މީހެއްގެ އަމިއްލަ މިނިވަންކަމާ އެކު އެ މީހަކު ބޭނުން ކަމެއް ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.

މި ވަގުތު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި އާ ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވާ ބިލަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމްޖޭއޭ އިން ބުނީ މި ބިލުގެ ސަބަބުން ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ.

ފަހުގެ