ވެލާނާ އެއަޕޯޓު މަޝްރޫއު އަވަސްކުރުމަށް ސައުދީ ފަންޑާއެކު މަޝްވަރާކޮށްފި

Big Hmxsj2kj8wpkfyotpflry2be9 (1)

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަވަސް ކުރުމަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ރިޔާދުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒު، ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް މަރްޝަދާ ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި ވެލާނާ އެއަޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން ބިނާވެށި އަދި މަސްވެރިކަމާ ގުޅޭ މަޝްރޫއުތަކުގެ މަސައްކަތް ހަލުވިކުރުމަށް މަޝްވަރާކުރި އެވެ.

ދެ ފަރާތުން ވަނީ މި މަޝްރޫއުތައް ވަގުތަށް ނިންމުމަށް އަޒުމު ކަނޑައަޅައި، ނަތީޖާ ނެރެވޭ ފަދަ ތަރައްގީގެ މަސައްކަތްތަކަށް އިސްކަންދޭނެ ކަމަށް އެއްބަސްވެފަ އެވެ. އަދި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމަށްވެސް އެއްބަސްވި އެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި ސައުދީ ފަންޑުން ހިއްސާކުރާ އިގްތިސާދީ އަދި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ

ފަހުގެ