ޖަޕާނުގެ އެންމެ މަތީ ޝަރަފު ލިބުނު ފުރަތަމަ ދިވެހި ރައްޔިތު

404981 3 42eccb84fe825cfaf1713fbc0fd2410cb0f1406d Large

ޖަޕާނުގެ އެމްޕެރާ ދެއްވާ އެންމެ މަތީ ޝަރަފު “އޯޑާ އޮފް ދަ ރައިސިން ސަން، ގޯލްޑް އެންޑް ސިލްވާ ސްޓާ” ދިވެއްސަކަށް ފުރަތަމަ ފަހަރަށް ލިބިއްޖެ އެވެ. މި ޝަރަފު ލިބިވަޑައިގެންފައިވަނީ ޖަޕާނުގައި ކުރިން ހުންނެވި ދިވެހިރާއްޖޭގެ ސަފީރު އަދި ފޮރިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ޝަރަފަކީ 1875 ވަނަ އަހަރުން ފެށިގެން ޖަޕާނަށް ދިގު މުއްދަތަކަށް ހިދުމަތްކުރާ ފަރާތްތަކަށް އެމްޕެރާ މެއިޖީ ދެއްވަން ފެށި އެވޯޑެއް ކަމަށެވެ. ހަލީލަށް މި ޝަރަފު ލިބިވަޑައިގެންފައިވަނީ ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް އޭނާ ކުރެއްވި މަސައްކަތްތަކަށް ޓަކައެވެ.

ހާރިޖީ ދާއިރާގައި 41 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހަލީލަކީ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެ މަތީ މަގާމުތަކާ ހަމައަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކުރީގެ ސަރުކާރުން ވަނީ އޭނާއަށް ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ވެސް އަރުވާފައެވެ.

ފަހުގެ