އައިވީއެފް ފަރުވާއަށް އިތުރު 63 މީހުން ހޮވައިފި

Ca46b51a Ebee 4b08 A9cf Ed8a61cb51f7 Large

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހިންގާ އާސަންދައިން ހިލޭ ދޭ އައިވީއެފް ފަރުވާގެ ދެވަނަ ބުރަށް 63 މީހުން ހޮވިއްޖެ އެވެ.

މި ފަރުވާއަށް ޖުމުލަ 215 މީހުން ކުރިމަތިލި ނަމަވެސް، ޝަރުތު ހަމަވީ 63 މީހުން ކަމަށް އެންސްޕާ އިން ބުންޏެވެ.

އެންސްޕާ އިން ހާމަކުރި ގޮތުގައި، ގިނަ މީހުން ޝަރުތު ހަމަނުވީ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ކަނޑައެޅި މިންގަނޑަށް ނުފެތޭތީ އާއި އޭއެމްއެޗް ލެވެލް ދަށްވުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައި ނުވާތީ އެވެ. މި ލިސްޓާ ގުޅިގެން ޝަކުވާ އޮތް ފަރާތްތަކަށް ނޮވެމްބަރު 10 ގެ މެންދުރު 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެންސްޕާ އިން އިތުރަށް ބުނީ، ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށް، ލިސްޓަށް ބަދަލު ގެންނަން ޖެހޭނަމަ، މުރާޖާ ކުރާ ލިސްޓު ނޮވެމްބަރު 15 ގައި އާންމު ކުރާނެ ކަމަށެވެ. އަދި ޝަރުތު ހަމަވި މީހުން ނޮވެމްބަރު 30 ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާ ކުރުމާ ގުޅޭ ގޮތުން އެންސްޕާއަށް އެ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އައިވީއެފް ފަރުވާއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެންސްޕާގެ އީމެއިލް އެޑްރެހަށް މެއިލް ކުރުމަށް ނުވަތަ ހޮޓްލައިން 1402 އަށް ގުޅުމަށް އެންސްޕާ އިން އެދުނެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 153 މީހުން ކުރިމަތިލި އިރު، އޭގެ ތެރެއިން 37 މީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހުނު ކަން ފާހަގަކޮށްލެވެ އެވެ.

ފަހުގެ