ބޭންކުތަކުގެ އެސެޓުގެ 36 އިންސައްތަ އަކީ ސަރުކާރުގެ ދަރަނި

Dscdc3fjhojfcxa3f1cpey1uh
އެމްއެމްއޭ

ރާއްޖޭގެ ބޭންކުތަކުގެ އެސެޓުގެ 36 އިންސައްތަ އަކީ ސަރުކާރުގެ ދަރަނި ކަމަށް ވޯލްޑް ބޭންކުން އާންމުކުރި ރިޕޯޓެއްގައި ބުނެފި އެވެ. “ސީކިން ސްޓެބިލިޓީ އިން ޓާބިއުލަންޓް ޓާމްސް” މި ނަމުގައި ނެރުނު މި ރިޕޯޓުގައި ރާއްޖޭގެ މާލީ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވާ ފަދަ މައުލޫމާތުތަކެއް ހާމަކޮށްފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އެތެރޭގެ ދަރަނި ނަގާ މިންވަރު 68 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން، ބޭންކިން ސެކްޓަރ އަދި ޕެންޝަން ފަންޑު މެދުވެރިކޮށް ވިއްކާ ޓީބިލް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ސަރުކާރުން މިހާތަނަށް 64 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ބޭންކުތަކުގެ އިތުރުން އެހެން މާލީ އިދާރާތަކުގެ ހާލަތު ވެސް ކަންބޮޑުވާ ވަރުގައި ކަމަށެވެ. މިގޮތުން، ޕެންޝަން އޮފީސް ފަދަ ތަންތަނުގެ ޖުމުލަ އެސެޓުގެ 68 އިންސައްތަ އަކީ ސަރުކާރަށް ދޫކޮށްފައިވާ ދަރަނި ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާގެ ހަރުދަނާކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ބުނެފައިވަނީ، ރާއްޖެއިން މިހާ ބޮޑަށް އެތެރޭގެ ދަރަންޏަށް ބަރޯސާވާން ޖެހެނީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ގޮސް، ބޭރުން ފައިނޭންސް ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާތީ ކަމަށެވެ. މި ހާލަތުގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ރިޕޯޓުގައި ލަފާ ދީފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

ފަހުގެ