މަޖުލިސް ހުއްޓުވާލީ މަޝްވަރާތަކަށް ހުރަސް އެޅުއްވުމަށް - ޢައްބާސް ޢާދިލް ރިޒާ

16 ފެބްރުއަރީ 2012 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ފައްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުން، ޕާޓީގެ ވެރިންގެ ފެންވަރުގައި އަދި ރައްޔިތުންގެ މަޖުލީހުގައި، ފެށުމަށް ވަނީ ހުށައެޅިފައެވެ.

ސިޔާސީ ޕާޓީގެ ވެރިންގެ ފެންވަރުގައި އަދި ރައްޔިތުންގެ މަޖުލީހުގައި މަޝްވަރާކުރުމަށް، ސަރުކާރުގެ މި އިސްނެންގެވުމަކީ އެމް.ޑީ.ޕީ ގެ ފަރާތުން ރައީސް ނަޝީދުގެ އެދިލެއްވުމުގެ މަތިން އިންތިޒާމް ކުރެވެމުންދާ ކަމެއް ކަމަށް ވީހިނދު، އެމް.ޑީ.ޕީ ގެ މެންބަރުން އިސްކޮށް ތިއްބަވައިގެން ރައްޔިތުންގެ މަޖުލިހުގެ މަސައްކަތްތައް ހުއްޓުވާލާ އަދި މަޖުލީހުގެ ރައީސްއާ ނިސްބަތްކޮށް ހަޑިހުތުރު ބަހުރުވަ ބޭނުންކޮށް މަޖުލިހުގެ ރައީސްއަށް މަޖުލިސް ކުރިޔަށް ގެންދިއުމުގައި އެއްބާރުލުން ނުދިނުމުގެ ސަބަބުން މަޖުލިސް ވަނީ މުއްދަތެއްނެތި މެދު ކަނޑާލެވިފައެވެ.

ސަރުކާރަށް ޤަބޫލުކުރެވޭ ގޮތުގައި މިއީ މަޝްވަރާތަކުގެ ދެބައިކަމުގައިވާ ސިޔާސީ ޕާޓީގެ ވެރިންގެ ފެންވަރުގެ މަޝްވަރާތަކާއި، ރައްޔިތުންގެ މަޖުލީހުގެ މަޝްވަރާތަކުގެ ތެރެއިން އެއްބައި އެއްކޮށް ހުއްޓުވާލުމުގެ ނިޔަތުގައި އެމް.ޑީ.ޕީ ގެ ޕާލިމަންޓަރީ ގްރޫޕުގެ ފަރާތުން ހިންގާފައިވާ އަމަލެކެވެ. ސަރުކާރުން އެމް.ޑީ.ޕީ ގެ މި އަމަލު ކުށްވެރިކުރަމެވެ.

ސަރުކާރުން ދެކޭ ގޮތުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހިނގާނީ މިދެ މަރުހަލާގައި އެކުގައި ކަމަށްވީހިނދު، އެއްވެސް އެއްމަރުހަލާއެއް ހުއްޓުވާލާފައި ބޭއްވުމަކީ ސަރުކާރުން ޤަބޫލުކުރާކަމެއް ނޫން ކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.

ކިޔުންތެރިންގެ ހިޔާލު