އެމްޓީސީސީ ޓަވަރު ތަރައްޤީކުރަން 10 ފަރާތަކުން ޝައުޤުވެރިވޭ

އެމްޓީސީސީ ޓަވަރު ތަރައްގީ ކުރުމަށް 10 ފަރާތަކުން ޝަގުވެރިކަން ފާޅުކޮށްފައި ވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނިން ހާމަކޮށްފައިވާގޮތުގައި އުގުވެރިކަން ފާޅުކުރި 10 ފަރާތުގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުގެ ހަ ފަރާތަކާއި ރާއްޖޭގެ ހަތަރު ފަރާތެކެވ. މިހާރު އެ 10 ފަރާތަށް ބީލަމާބެހޭ މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްޓީސީސީން ހާމަކުރެއެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި ޓަވަރުގެ އިތުރުން މާލެ ވިލިނގިލީ ފެރީ ޓާމިނަލްގައި އަޅާ ފެމެލީ އެންޓަޓެއިންމެންޓް ސެންޓަރު ތަރައްޤީކުރުންވެސް މި ދިހަފަތާތުގެ ޝައުޤުވެރިކަމުގެ ތެރޭގައި ހިމެނެއެވެ. މި ދެތަން ތައްރައްޤީކުރުމުގެ ޕްރޮޖެކްޓްގެ ބީލަން ހުޅުވާލުން އޮންނީ މިމަހުގެ ނުވަނަ ދުވަހު ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަދިވެސް ފުރުސަތު އޮތް ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ފަހުގެ