ބަންގްލަދޭޝްގެ ވަގުތީ ވެރިއަކަށް މުޙައްމަދު ޔޫނުސް

Screenshot 2024 08 08 At 10.03.00
ބަނގުލަދޭޝްގެ ވަގުތީ ވެރިއާ މުހައްމަދު ޔޫނުސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސިޔާސީ ވާދަވެރިއެއް ކަމުގައިވާ ނޯބެލް އިނާމު ލިބިވަޑައިގެންފައިވާ މުޙައްމަދު ޔޫނުސް، އެ ގައުމުގެ ވަގުތީ ވެރިއެއްގެ ގޮތުގައި އައްޔަން ކޮށްފިއެވެ. 84 އަހަރުގެ ޕްރޮފެސަރ ޔޫނުސް މި މަގާމަށް އައްޔަން ކުރެއްވީ، ހަފްތާތަކެއް ވަންދެން ހިނގި މަރުވެރި މުޒާހަރާތަކަކަށް ފަހު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވައި ގައުމުން ފިއްލަވައިގެން ވަޑައިގަތް ދުވަހުގެ އަނެއް ދުވަހުއެވެ. ހަސީނާ ފިއްލަވައިވަޑައިގަތީ އަންގާރަ ދުވަހުއެވެ.

ޕްރޮފެސަރ ޔޫނުސްއަކީ މައިކްރޯ ލޯނުގެ ޚިދުމަތް ތަޢާރަފު ކުރެއްވި ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. ނަމަވެސް ޝެއިޚް ހަސީނާ އޭނާއަށް ދެކެވަޑައިގަންނަވަނީ ގައުމުގެ ދުޝްމަނެއްގެ ގޮތުގައެވެ. މިހާރު އޭނާ ވަނީ ސިޔާސީ ބޭނުމަށް ކުރެވުނު ދަޢުވާއެއް ކަމަށް ބުނާ މައްސަލައެއްގައި 6 މަސްދުވަހުގެ ޖަލު ޙުކުމެއް އިސްތިއުނާފު ކުރައްވާފައެވެ.

ޝެއިޚް ހަސީނާ ވެރިކަމުން ވައްޓާލުމަށް ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރުން ވަނީ އަސްކަރީ ވެރިކަމެއް ބަލައިނުގަނެ، ވަގުތީ ސަރުކާރު ހިންގުމަށް ޕްރޮފެސަރ ޔޫނުސް އައްޔަން ކުރުމަށް ގޮވާލާފައެވެ. ޕްރޮފެސަރ ޔޫނުސް ވަގުތީ ސަރުކާރުގެ އިސް ލަފާދޭ ބޭފުޅެއްގެ ގޮތުގައި އައްޔަން ކުރުމުގެ ނިންމުން ނިންމީ ބަނގުލަދޭޝްގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ޝަހާބުއްދީން، އަސްކަރީ ވެރިންނާއި ދަރިވަރުންގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ފަހުގެ