އިޒްރޭލު ޕާސްޕޯޓް ބޭންކުރަން ސަރުކާރުން ނިންމައިފި

380785 3 6a98c819819936f9649e49ffddc3379cd4840ee4 Medium
ރައީސް އޮފީހުގެ ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން

އިސްރާއީލްގެ ޕާސްޕޯޓް ބޭންކުރަން ސަރުކާރުން ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް ކެބިނެޓުން ނިންމެވުން އަދި މިކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާނެކަމަށެވެ.

ފަލަސްތީނާއި އިސްރާއީލްގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްޠީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެޝިއަލް އެންވޯއިއެއް ކަނޑައަޅުއްވަން ނިންމިކަމަށް ވެސް ބުންޏެވެ.

ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން “ފަލަސްތީނާއިއެކު ދިވެހިން” މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާކަމަށް ވެސް ސަރުކާރުން ވަނީ މިއަދު ހާމަކޮށްފައެވެ.

ފަހުގެ