މަޖިލީހުގެ އަޚުލާޤީ ފެންވަރު ދަށްވުމުގެ ފުރުސަތެއް ނުދޭނަން: އަދުރޭ

Large 1520253624250hvt

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ކަންކަން ހިނގުމުގެ ފުރުސަތު އޭނާ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިހިވަނަ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ފަރާތުން ނަން ހުށަހަޅުއްވާފައިވާ އަދުރޭ ފާހަގަކުރެއްވީ، ވޭތުވެދިޔަ 19 ވަނަ މަޖިލީހުގައި އަޚުލާޤީ މިންގަނޑުތަކާ ޚިލާފު އެތައް ކަމެއް ހިނގައިފައިވާ ކަމަށެވެ. އެކަންކަމުގެ ސަބަބުން މަޖިލީހުގެ ކަރާމާތާއި އަބުރު ވަނީ ގެއްލިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

“އިއްޒަތްތެރި މެމްބަރު ކިޔަންޖެހޭ ފަރާތްތަކަކީ، އެމީހުން ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި އުސޫލުތައް އޮންނަ ބައެއް. އެހެންނަމަވެސް ކުރީގެ މަޖިލީހުގައި އެކަން ވަނީ ގެއްލިފައި،” ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި އެކަން އެނޫން ގޮތަކަށް ވާނެ ކަމުގެ ޔަޤީންކަން އަދުރޭ ދެއްވިއެވެ. އަދި ރައްޔިތުންގެ ތަމްސީލުކުރުމަށް އިންތިޚާބުކުރާ މެމްބަރުންގެ ފެންވަރާއި ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ބާރުއަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ފެނިގެންދާނީ ‘އިއްޒަތްތެރި މެމްބަރު’ ކިޔުމުގެ ހައިސިއްޔަތު ލިބިގެންވާ މެމްބަރުންތަކެއް އުޅޭ މަޖިލީހެއް. މި މަޖިލީހަކީ ސަރުކާރަށް ދަތިކޮށް އުނދަގޫކުރުމުގެ ބަދަލުގައި ރައްޔިތުންނަށް އިތުރު ޚިދުމަތްތަކާއި ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރާނެ މަޖިލީހެއް،” ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ އިތުބާރާއި ލޯބި އަލުން ހޯދުމަށްޓަކައި، މަޖިލީހުގެ މެމްބަރުން އަޚުލާޤީ މަތިވެރި މިންގަނޑުގައި ތިބެ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަން އަދުރޭ ފާހަގަކުރެއްވިއެވެ. އެކަމަށް އިސްކަންދެއްވާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

ފަހުގެ