ނޫސްވެރިންނަށް ބަޖެޓުން ހަމަޖެއްސި ފައިސާ އުނިކޮށްލީ ކުރީ ސަރުކާރުން: ޔޫތް މިނިސްޓަރު

Img 4254 1024x576
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އަޝްވާޑު

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު މިމަހު 28 ވަނަ ދުވަހު ފެށުމާއެކު، މެމްބަރުން ކުރައްވާނެ އެންމެ މުހިއްމު އެއް މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ބަޖެޓު ފާސްކުރެއްވުން ކަމަށާއި, ނޫސްވެރިންނަށް މި ސަރުކަރުން ބަޖެޓުގައި ހިމަނަން ބޭނުންވި ފައިސާ އުނުުކުރީ ކުރީ ސަރުކާރުން ކަމަށް ޔޫތު މިނިސްޓަރ އިބްރާހީމް ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު މިހެން ވިދާޅުވީ, ރައީސް މުއިއްޒު ނޫސްވެރިންނަށް ވެލެއްވި ވައުދުތައް ފުއްދުމުގެ ކަންކަން އޮތީ ކިހާ ހިސާބެއްގައިތޯ ނޫސްވެރިން ސުވާލުކުރުމުންނެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީ ނޮވެމްބަރު 17 ވަނަ ދުވަހު ކަމަށާއި ފަހު އަހަރުގެ ބަޖެޓު ތައްޔާރުކުރާނީ އެވަގުތު އޮންނަ ސަރުކާރުންކަމަށް ޔޫތު މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓު ކުރީގެ ސަރުކާރުން ތައްޔާރު ކޮށްފައި ވީނަމަވެސް، ނޫސްވެރިންނަށް ވައުދުވެވަޑައިގެންފައިވާ ކަންކަން ހިމެނުމަށް ރައީސް މުއިއްޒު މަސައްކަތްކުރެއްވިކަން ޔޫތު މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް އޭރުގެ ސަރުކާރުން އެކަންކަމަށް ފުރުސަތު ނުދެއްވާ، މީޑިއާތަކަށް ބަޖެޓުން ފައިސާދިނުމުގެ ކަންކަން އުނިކޮށްލިކަމަށް ވަހީދު ވިދާޅުވިއެވެ. މިފަހަރުގެ ބަޖެޓުގައިވެސް އެކަންކަމަށް ގޮތްހެދުމަށް މަސައްކަތްކުރި ނަމަވެސް ގޮތެއް ނުވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އާ މަޖިލީހުން އެންމެ ފުރަތަމަ ކުރައްވާނެ އެއް މަސައްކަތަކީ ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް ބަޖެޓު ފާސްކުރެއްވުންކަން ޔޫތު މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރައީސް ވިދާޅުވި އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަން ވަހީދު ދެއްވިއެވެ.

“ރައީސް ވިދާޅުވިގޮތައް ތިބޭފުޅުންނަށް ވައުދު ވެވަޑައިގެންނެވި ގޮތަށް، މީޑިއާތަކަށް އަޅުގަނޑުމެން ބަޖެޓު ހަމަޖައްސަވާނަން،” ޔޫތު މިނިސްޓަރު ވިދާޅުވިއެވެ. އަދި ނޫސްވެރިންނަށް ދައުލަތުގެ ބަޖެޓުން ފައިސާދިނުމާ ގުޅޭ އުސޫލުތައް ހަމަޖެއްސުމުގައިވެސް ރާއްޖޭގެ ނޫސްވެރިންގެ މަޝްވަރާ ހޯދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަހުގެ